މުޙައްމަދު އަންވަރު
05 June 2019
މަޤްބޫލު ޙަބަރު

އައްޑޫ ސިޓީގައި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތައް ތާއީދުކޮށް ފާރެއްގައި ގްރެފިޓީއެއް ކުރެހި މައްސަލަ އެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އައިއެސް ޖަމާއަތަށް ތާއީދުކޮށް ގްރެފިޓީ ކުރެހި މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވަނީ މި ދިޔަ މަހުގެ 31 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބެލި ބެލުމުން ކަމަށެވެ.

އެގޮތުން އައްޑޫ ސިޓީ ހިތަދޫ މައިލޯ ސްޓޭޑިއަމް ކައިރީ ހުރި އިމާރާތްތެއްގެ ފާރުގައި އެފަދަ ގްރެފިޓީއެއް ކުރަހާފައި ހުއްޓާ ފެނިގެން ޖެހިގެން އައި ދުވަހު އެ ކުރެހުން، ފުލުހުން ފުހެލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ރާއްޖޭގައި ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ މީހުންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، ރާއްޖެއިން ބޭރު އެކި ގައުމުތަކުހައި ކުރާ ހަނގުރާމައިގައި ބައިވެރިވާން ބައެއް ދިވެހިން ވަނީ ގޮސްފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ދުނިޔެ ދޫކޮށްފައިވާއިރު އެ މީހުން ގޮވައިގެން ދިޔަ އާއިލާތައް ހާލުގައި ޖެހި ހަނގުރާމަވެރި ކޭމްޕްތަކުގައި ތާށި ވެފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©