މުޙައްމަދު އަންވަރު
05 June 2019
މަޤްބޫލު ޙަބަރު

ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 71 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކޮށްފި އެވެ.

މި ފހަރު އޭނާގެ ބަންދަށް އިތުރު ކޮށްދީފައި ވަނީ 15 ދުވަހެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރު ކޮށްދީފައިވަނީ އޭނާ ހައްޔަރު ކޮށްފައި ހުރި ރަށުގެ މެޖެސްޓްރޭޓް ކޯޓުންނެވެ.  ނަމަވެސް އެ ކުއްޖާގެ ވަނަވަރު ހާމަވެދާނެތީވެ އެ ރަށުގެ ނަން ވަނީ ސިއްރު ކުރެވިފަ އެވެ.

ނުވަ އަހަރުގެ ކުއްޖަކަށް އެކުއްޖާގެ ދެ ބޭބެގެ އިތުރުން، 71 އަހަރުގެ، އެ ކުދިންގެ މަންމަގެ ލޯބިވެރިޔާ ޖިންސީ ގޯނާކުރާ މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގް ކުރަމުންނެވެ.

އެމައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ސުވާލު ކޮށްފައިވަނީ މަންމަގެ ލޯބިވެރިޔާ އަށެވެ. އަދި ފަހުން އެ ކުއްޖާއާ ސުވާލު ކުރުމުން ދެ ބޭބެގެ ފަރާތުން ވެސް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©