މުޙައްމަދު އަންވަރު
05 June 2019
މަޤްބޫލު ޙަބަރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ޖިނާއީ ކުށްތަކުގައި ގާނޫނީ އެހީ ދިނުމުގެ ރަސްމީ އެއްބަސްވުމުގައި ދެ ގައުމުން ސޮއިކުރުމށް ނިންމާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.

އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ އިކޮނަމިކް ޓައިމްސް އިން ބުނީ، ދެ ގައުމުގެ ދެމެދުގައި ސޮއިކުރާ ލީގަލް އެމްޔޫއޯ އާއެކު ކުށްވެރިންނަށް ދައުވާ ކުރުމާއި ޓެރަރިޒަމްގެ ހަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމަށް އެއްގައުމު އަނެއްގައުމަށް އެހީވާނެ ކަމަށެވެ.

އެ ގޮތުން ކޯޓަށް ހާޒިރުކުރުމާއި ކޯޓު އަމުރު ތަންފީޒުކުރުމާއި ޝަރުއީ އެހެނިހެން  ކަންކަމުގައި އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ބޭނުންވާކަން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ރާއްޖެއާ އިންޑިއާއިން ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއް ގައި ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ މިއަހަރުގެ ފެބްރުއަރީ މަހުގަ އެވެ.

އިންޑިއާގެ ބޮދުވަޒީރު ނަރެންދުރަ މޯދީ މިހަފްތާ ބަންދުގައި ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތަފްސީލެއް އެއްވެސް ގައުމަކުން އަދި ހާމަ ކޮށްގަ އެއް ނުވެއެވެ.

ނަމަވެސް، މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މަޖިލީހުގައި އަންނަ ހޮނިހިރު ދުވަހު ތަގުރީކުރައްވާނެ އެވެ.

މޯދީ މަޖިލީހުގައި ތަގުރީރު ކުރައްވާ ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އިރުއޮއްސި 6:45 ގައި ކަމަށް މަޖިލީހުގެ އިދާރާއިން ކުރިން ވަނީ ބުނެފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©