މުޙައްމަދު އަންވަރު
05 June 2019
މަޤްބޫލު ޙަބަރު

އިއްޔެ ދަންވަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން ދޫކޮށްލި ދެ މީހުން އަނެއްކާ ވެސް ހައްޔަރު ކޮށްފި އެވެ.

އެ ދެ މީހުން އެންމެ ފުރަތަމަ ހައްޔަރުކުރީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ރޭ ދަންވަރު 3:10 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގައި ގެ އެއް ބަލައި ފާސްކުރުމަށްފަހުގަ އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކާއި 52 އަހަރުގެ އަންހެނެކެވެ. އަދި އެމީހުންނާއެކު އެގެއިން ތިން ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދައިފައެވެ.

ނަމަވެސް ފުލުހުން އިއްޔެ ބުނީ، އެ މައްސަޅާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ދެ މީހުން ވެސް ދޫކޮށްލާފައިވާ ކަމަށެވެ.

ކޯޓުން އެމީހުން ދޫކޮށްލި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©