މުޙައްމަދު އަންވަރު
05 June 2019
މަޤްބޫލު ޙަބަރު

ހުޅުމާލޭގެ ގެއަކުން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު އިއްޔެ ރޭ ފުލުހުން ހައްޔަރު ކުރި ދެމީހުން ކޯޓުން ދޫކޮށްލުމުން ދެ ވަނަ ފަހަރަށް ހައްޔަރު ކުރުމުން ވެސް ކޯޓުން އެ ދެ މީހުން ދޫކޮށްލައިފި އެވެ.

އިއްޔެ ދަންވަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން ދޫކޮށްލި ދެ މީހުން އަނެއްކާ ވެސް ހައްޔަރު ކޮށްފި އެވެ.

އެ ދެ މީހުން އެންމެ ފުރަތަމަ ހައްޔަރުކުރީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ރޭ ދަންވަރު 3:10 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގައި ގެ އެއް ބަލައި ފާސްކުރުމަށްފަހުގަ އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކާއި 52 އަހަރުގެ އަންހެނެކެވެ. އަދި އެމީހުންނާއެކު އެގެއިން ތިން ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދައިފައެވެ.

ނަމަވެސް ފުލުހުން އިއްޔެ ބުނީ، އެ މައްސަޅާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ދެ މީހުން ވެސް ދޫކޮށްލާފައިވާ ކަމަށެވެ.

ކޯޓުން އެމީހުން ދޫކޮށްލި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ ބަންދުން ދޫކޮށްލި ސަބަބެއް ކޯޓުން ސާފުކުރުމަށެވެ.

އެ ގެ ފާސްކުރުމަށާއި މީހުން ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ކަންކަން ފުރިހަމަވެފައި ނެތުމުން ކްރިމިނަލް ކޯޓުން އެ މީހުން އިއްޔެ ދޫކޮށްލީ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް އެ މީހުން ހާޒިރުކުރުމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©