މުޙައްމަދު އަންވަރު
05 June 2019
މަޤްބޫލު ޙަބަރު

މާލޭ ގައި މިއަދު ހިންގި މާރާމާރީ އެއް ހުޓުވުމަށް ދިޔަ ފުލުހުންނަށް ހަމަލާދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ޝަހީދު އަލީ ގޯޅި ތެރޭގައި މާރާމާރީ އެއް ހިންގައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 16:15 ކަން ހާއިރު ކަމަށާއި އެ މާރާމާރީއާ ގުޅިގެން 22 އަހަރުގެ ދެ ފިރިހެނަކާއި އަދި 18 އަހަރުން ދަށުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ

އެގޮތުން އެ މާރާމާރީ ހުއްޓުވަން އެ ސަރަހައްދަށް ދިޔަ ފުލުހުންނަށް އެ މާރާމާރީ ހިންގި އެކަކު ހަމަލާ ދިން ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި ތިން މީހުންވެސް ތިބީ މަސްތުގެ ހާލަގައި ކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭގެ ތެރެއިން އެކަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©