މުޙައްމަދު އަންވަރު
05 June 2019
މަޤްބޫލު ޙަބަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ފުލުހުން ދެމުން އަންނަ ސެކިއުރުޓީ އަލުން ރިވިއު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމަރަށް ސެކިއުރިޓީ ދޭން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖުލައި 31 ގައި ކަމަށާއި ސެކިއުރިޓީ ދޭން ފެށީ އުމަރަށް ދިން އިންޒާރުގެ މައްސަލައަކާ ގުޅިގެން ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

އުމަރުގެ ސެކިއުރިޓީ މީގެ ކުރިން ވަނީ އެތައް ފަހަރަކު ރިވިއު ކޮށްފަ އެވެ. އެގޮތުން މީގެ މަހެއްހާ ދުވަސް ކުރިން ވެސް ރިވިއު ކުރި ކަމަށް ފުލުހުން ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުމަރު ހޯމް މިނިސްޓަރަކަށް ހުންނެވިއިރު އޭނާ ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑެތި ހަރަކާތްތަކައް ހިނގާ ރާއްޖެއިން ގޭންގްތައް ނައްތާލުމަށް ބައެއް މަސައްކަތްތައް ވެސް ކޮށްފައެވެ.

އުމަރަށް އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށަހެޅީ 2016 ގަ އެވެ. ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިފަހުން ހިނގި އެހާދިސާއާ ގުޅިގެން އޭރު އުމަރު ވިދާޅުވީ އޭނާއަށް އިންޒާރު ދިނީ ގޭންގަކަށް ނިސްބަތްވާ ބަޔަކު ކަމަށެވެ. އޭނާއަށް ސެކިއުރިޓީ ދެމުން އަންނަނީ އޭރުން ފެށިގެންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©