މުޙައްމަދު އަންވަރު
05 June 2019
މަޤްބޫލު ޙަބަރު

ތ. ތިމަރަފުށީގައި ހާއްސައެހީއަށް ބޭނުންވާ މީހެއްގެ އެހީފޮށި ފަޅާލައި އޭގައި ހުރި ފައިސާކޮޅު ވަގަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފައިސާ ފޮށި ފާޅާލި ކަމަށް ރިޕޯޓް ކޮށްފައިވަނީ ރޭ ފަތިހު 05:30 ގައި ކަމަށާއި އެ މައްސަލައާ ގުޅިގެން ވައްކަންކުރި ގެއަށް ފުލުހުން ގޮސް ބަލާ ޗެކްކުރި ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ވައްކަންކުރިކަމަށް ތުހުމަތު ކުރެވޭ މީހާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާ ވަގަށް ނެގި 2785 ރުފިޔާ ހޯދުމަށް ފަހު އެ ފައިސާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©