ނަސްވާ ހަސަން
06 June 2019
މަޤްބޫލު ޙަބަރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން މާލޭގެ ބޮޑު ސަރަހައްދެއް ބަންދުކުރަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މޯދީގެ ދަތުރުފުޅާ ގުޅިގެން ސެކިއުރިޓީ ބޭނުމަށް އާއްމުކޮށްފައިވާ ޗާޓުގައި ރަތްކުލައިން ފާހަގަކޮށްފައިވާ ޒޯންތަކުގައި މިރޭ 7:00 އިން މި މަހުގެ 8 ވަނަ ދުވަހުގެ ރޭ 00:00 އަށް އެއްގަމު އުނޅަދު ޕާކު ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އަދި ދޮން ކުލައިން މާކުކުރެވިފައި ވަނީ ބަންދުކުރުމަށް ހަމަޖެހިފައިވާ މަގުތައް ކަމަށާއި އޮރެންޖް ކުލައަކީ ވަންވޭ ކުރުމަށް ހަމަޖެހިފައިވާ މަގުތައް ކަމަށެވެ. އޭގެ އިތުރުން ރަތް ކުލައިގެން މާކު ކުރެވިފައިވާ ތަންތަނުގެ ޕާކިން ޒޯނުތައް ހަމަޖެހިފައިވާ ވަގުތުތައް ހުސްކުރުމަށް ފުލުހުން ނެރުނު ޗާޓުގައި ވެއެވެ.

ބޮޑު ތަފާތަކުން އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބު ކުރެއްވި މޯދީ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. އަދި މޯދީގެ މި ދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގައި ވެސް ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަންވުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މޯދީ ރާއްޖެއަށް ވަޑައިގަންނަވާއިރު، ރައީސް ސޯލިހު ވެސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭން ބޭރަށް އެންމެ ފުރަތަމަ ވަޑައިގަތީ އިންޑިއާއަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©