ނަސްވާ ހަސަން
06 June 2019
މަޤްބޫލު ޙަބަރު

މާލޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގެއެއް ހޯދައި، ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެމީހުން ހައްޔަރުކޮށްފައި މ.ފެޝަންމީޑް ގެއިން ހަވީރު 16:15 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ގެއިން ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ދެ މީހުންނާއި 19 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި 33 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ.

އޭގެ އިތުރުން އެ ގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެސް އަޅާފައި ހުރި 11 ރަބަރު ޕެކެޓާއި، ހަތަރު ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ގެއަށް ފުލުހުންނަށް ނުވަދެވޭނެ ގޮތަށް ދަނގަޑު ހަރުކޮށް ދޮރު ކައިރީ ސެކިއުރިޓީއަށް މީހަކު ބަހައްޓައިގެން ސެކިއުރިޓީ ބަލަހައްޓަމުންދިޔަ ކަމަށާއި މިއީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތީގެ ބޭނުން ކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިދީފައިވާ ގެއެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©