ނަސްވާ ހަސަން
06 June 2019
މަޤްބޫލު ޙަބަރު

ޠޣހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ ފަހަރެއްގެ މަތިން ހައްޔަރު ކުރި ދެ މީހުން ތިންވަނަ ފަހަރަށް  ހައްޔަރުކޮށްފި އެވެ.

އެ ދެ މީހުން އެންމެ ފުރަތަމަ ހައްޔަރުކުރީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އީދު ދުވަހުގެ ރޭ ދަންވަރު 3:10 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގައި ގެ އެއް ބަލައި ފާސްކުރުމަށްފަހުގަ އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކާއި 52 އަހަރުގެ އަންހެނެކެވެ.

ނަމަވެސް އަންގާރަ ދުވަހު ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ގެންދިޔުމުން ނުބައިކޮށް ކޯޓު އަމުރު ނެރެފައިވާތީ ކަމަށް ބުނެ އެ ދެ މީހުން ދޫކޮށްލިއެވެ. އަދި އޭގެ ފަހުން ބުދަ ދުވަހު އަނެއްކާވެސް ފުލުހުން ވަނީ ކޯޓު އަމުރަކާއެކު އެ ދެމީހުން ހައްޔަރުކޮށްފައެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ވަނީ އަނެއްކާ އެމީހުން ދޫކޮށްލާފަ އެވެ. ސަބަބެއް ކަމަށް ބުނީ ފުލުހުން އިޖުރާއަތްތަކާ ހިލާވެފައިވާތީ ކަމަށެވެ.

އެގޮތުން ތިން ވަނަ ފަހަރަށް ފުލުހުން ވަނީ އެ ދެ މީހުން ރޭގެ ވަގުތެއްގައިީ ހައްޔަރުކޮށްފައި އެވެ. ނަމަވެސް ފުލުހުން މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.\

މި މައްސަލައާއި ގުޅިގެން އެކަމުގެ އިހުމާލު ފުލުހުންނާއި ކްރިމިނަލް ކޯޓުން އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވާ، މައްސަލަ ވަނީ ހޫނުވެފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©