Wed, 3 June, 2020, 11:05 pm
Indian Prime Minister Narendra Modi, right, shakes hands with Maldives' President Yameen Abdul Gayoom before a delegation level meeting in New Delhi, India, Monday, April 11, 2016. Yameen Abdul Gayoom is on a two-day visit to India. (AP Photo/Manish Swarup)
މޯދީއަށް މަރުހަބާ، އެކަމަކު އެއްބަސްވުންތަކުގެ ތަފްސީލްތައް ހާމަކުރޭޭ: ޕީޕީއެމް
18

އިންޑީއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުފުޅަށް ހުރަސް އަޅަން ބޭނުން ނުވާ ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނު ރާއްޖެ ވަޑައިގަތް ދެ ގައުމު ދެމެދުގައި ސޮއިކުރުމަށް ހަމަޖެހިފައިވަ އެއްބަސްވުންތަކުގެ މައިގަނޑު ތަފްސީލްތައް ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް އިދިކޮޅު ޕީޕީއެމުން ގޮވާލައިފި އެވެ.

ޕީޕީއެމުން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނީ، މީގެ ކުރިން އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާ ގޮތަށް ރާއްޖޭގެ މައި ދޮރުއަށި ނުއަގުގައި ވިއްކާލިކަން ހަނދާނެ އެބަހުރި ކަމަށާއި މިހާރު އުފެދިފައިވާ އެމްޑީޕީގެ ސަރުކާރުގެ މިސްރާބު ވެސް ހުރީ އެ ދިމާލަށް ކަމަށެވެ.

އެހެން ކަމުން އަމިއްލަ ވެރިކަމާއި ސިޔާދަތަށް އަދި އިގްތިސާދީ ގޮތުން ވަކި ބަޔަކަށް ބަރޯސާވާންޖެހޭ ވަރުގެ އެއްވެސް ގެއްލުމެއް ވާނޭ ފަދަ ކަމެއް ނުކުރުމަށް ދިވެހި ސަރުކާރަށް ޕީޕީއެމުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

“އިންޑިއާގެ ބޮޑު ވަޒީރު ރާއްޖެ ވަޑައިގަންނަވަނީ އިންޑިއާގެ އެކުވެރި ރައްޔިތުން ތަމްސީލްކުރެއްވުމަށް ކަމުގައިވާތީ އެގައުމުގެ ބޮޑުވަޒީރުގެ ދަތުރުފުޅު މިޕާޓީން ބަލައިގަނެ މަރުހަބާ ދަންނަވަމެވެ،” ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

މޯދީގެ ދަތުރުފުޅަށް މަރުހަބާ ދެންނެވި ނަމަވެސް، އެ ދަތުރުފުޅުގެ ކަންކަން ރާއްޖޭގެ ސަގާފަތާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިހްތިރާމް ކުރައްވައިގެން ކުރިއަށް ގެންދިއުމަށް ޕީޕީއެމުން ވަނީ ދިވެހި ސަރުކާރަށް އިލްތިމާސް ކޮށްފަ އެވެ.

އެގޮތުން ހަ ރޯދައިގެ ތެރޭގައި މޯދީ ރާއްޖެ ވަޑައިގަތް މަޣްރިބް ނަމާދާއި އިޝާ ނަމާދު ދެތެރޭ، މަޖިލީހުގައި ތަގްރީރު ކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް ޕީޕީއެމުން ވަނީ އެކަން ނު ގޮތަށް ނުކުރުމަށް ވެސް އިލްތިމާސް ކުރައްވާފަ އެވެ.

Leave a comment

Your email address will not be published.