ނަސްވާ ހަސަން
07 June 2019
މަޤްބޫލު ޙަބަރު

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގައި ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ބާއްވާ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ މަޢްރިބް ނަމާދަށްފަހު ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލީހުން ކުރިން ޝެޑިއުލް ކޮށްފައިވާގޮތުން އެ ޖަލްސާ ފަށާނީ އިރުއޮއްސި 18:45 ގައެެވެ. އެއީ ދެ ނަމާދު ދޭތެރޭ ވަގުތަށް ވުމުގެ ސަބަބުން ގިނަ ބަޔަކު ދިޔައީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނީ، މޯދީ ވަޑައިގަންނަވަން ބޭނުންފުޅުވެވަޑައިގަންނަވަނީ މަޖިލީސް މެމްބަރުން މަޢްރިބް ނަމާދު ނާމަދު ކުރުމަށް މަޖިލީހުގެ މެމްބަރުންނަށް ފުރުސަތު އެރުވުމުގެ ގޮތުން، ނަމާދު ކުރެއްވުމަށް ވަގުތު ދެއްވުމަށް ފަހު ކަމަށެވެ. ނަމަވެސް ފަހުގެ ތާވަލެއް އަދި މަޖިލީހުން ހާމައެއް ނުކުރެއެވެ.

އިންޑިއާގެ ބޮޑުވަޒީރަށް ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ދެވޭ ދައުވަތަކީ އެ ގައުމަކުން އެ މެހްމާނަކަށް ދެވޭނެ އެންމެ މަތީ ޝަރަފު އެރުވުމުގެ ގޮތުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©