ނަސްވާ ހަސަން
07 June 2019
މަޤްބޫލު ޙަބަރު

މާލޭގައި ހުރި ބޭރު ޤައުމުތަކުގެ ހުރިހާ އެމްބަސީތަކާއި މިޝަންތައ ހުޅުމާލެއަށް ބަދަލުކުރުމުގެ އެއްތަނަަށް ބަދަލުކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމުގެ ތެރެއިން އެ މަސައްކަތް ފަށައިފިއެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ބައެެއް ޤައުމުތަކުން ރާއްޖޭގައި އެމްބަސީ ހެދުމަށް އެދެމުންދާކަން ކަމަށާއި އެ އެމްބަސީތަކަށް ހުޅުމާލެއިން ބިން ކަނޑައަޅާފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސަރަހައްދުން ކަމަށެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މި ވަގުތު ރާއްޖޭގައި ހުރި ޗައިނާ، ބަންގްލަދޭޝް، ޕާކިސްތާނު، ސައުދީ އަދި ސްރީލަންކާ އެމްބަސީތަކަށް ހުޅުމާލެއިން ބިން ދޫކުރާނީ އެ ޤަޢުމުތަކުން އެދުމުން ކަމަށެވެ.

މިހާރު ރާއްޖޭގައި ހުރި އެމްބަސީތައް ހިންގަމުން އަންނަނީ އާއްމުން ދިރިއުޅޭ އިމާރާތްތަކުގައެވެ.

Leave a Reply

Your email address will not be published.

haftha.mv ©