ނަސްވާ ހަސަން
07 June 2019
މަޤްބޫލު ޙަބަރު

ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދެވި ގައިދީންތަކެއް މިނިވަންކުރުމުގެ ތެރޭގައި މައާފު ނުދޭ ގައިދީއަކު މިނިވަންވި މައްސަލައެއް ބަލަން ފަށައިފި ކަމަސް ހޯމް މިނިސްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީ އިން ބުނީ ރައީސް އަދަބު ލުއިކޮށްދެއްވާފައިނުވާ ގައިދީއަކު ގަވާއިދާ ހިލާފަށް ދޫކޮށްލާފައިވާކަމަށް ހޯމް މިނިސްޓްރީ އަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ގައިދީ މިހާރު ތަހުގީގަށް ބަންދުކޮސްފައިވާ ކަމަށާއި އެކަމުގެ ތަހުގީގެއް ހިންގުމަށް ފުލުހުންނަށާއި ކަރެކްޝަނަށް އަންގާފައިވާ ކަމަށެވެ. އޭގެ އިތުރުން އެ މައްސަލަ ބެލުމަށްފަހު އަޅަންޖެހޭ އިދާރީ ފިޔަވަޅު އެޅުމަށް ކަރެކްޝަންސް އަށް އަންގާފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ބުންޏެވެ.

Leave a Reply

Your email address will not be published.

haftha.mv ©