ނަސްވާ ހަސަން
07 June 2019
މަޤްބޫލު ޙަބަރު

އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރުމަށް މައްކާގައި ހުރި ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ ސ. ހުޅުދޫ/ އިވްނިންގ، ވިލާގެ ޙަސަން އަޒީޒް, އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ 60 އަހަރުން މަތީގެ މީހެކެވެ.

އޭނާ ނިޔާވިކަން ކަށަވަރު ކޮށްދެއްވަމުން އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުކުރީ “ހަފްތާ” ވިދާޅުވީ އޭނާ ނިޔާވީ ރަމަޟާންމަހުގެ ފަހު ފަނަރާގައި އުމްރާގެ އަޅުކަން އަދާކުރުމަށްފަހު މައްކާގައި ހުއްޓާ ސްޓްރޯކެއް ޖެހިގެން ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އޭނާ ނިޔާވީ މައްކާ ގަޑިން ފަތިހު 5:45 ގައެވެ. ނިޔާވި ހަސަން އަޒީޒަކީ ކަމަނަ ހޯލްޑިންގ ޕްރައިވެޓް ލިމިޓްގެ ހަވާލުގައި އުމްރާއަށް ވަޑައިގެންނެވި މީހެއް ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©