މުޙައްމަދު އަންވަރު
08 June 2019
މަޤްބޫލު ޙަބަރު

މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލޭ ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ މިރޭ ދަންވަރު 2:30 ހާއިރު އެވެ. ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ ކާރު ދުއްވާފައި ދަނިކޮށް ފުރުޅުފެޅި ކޮންޓްރޯލުން ނައްޓައިގެން ގޮސް ހައިވޭފެ ފެންސްގައި ޖެހިގެން ކަމަށެވެ.

މާޅެ އިން ހުޅުމާލެއަށް ދަތުރު ކުރަމުންދިޔަ އެ ކާރު ކޮންޓްރޯލުން ނެއްޓި ފެންސްގައި ޖެހި ފެންސްގެ ބޮޑު ބައެއް ވަނީ ބަނޑިވެފަ އެވެ. އަދި ކާރަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އެކްސިޑެންޓްގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވެ ވަނީ ސަލާމަތް ވެފައެވެ.

ފުލުހުން ބުނީ، އެ ކާރު ދަތުރުކުރަމުން ދިޔައީ ގަވާއިދާ އެއްގޮތަށް ރަނގަޅު ފަޅިން ކަމަށާއި އަދި ރަޖިސްޓްރީކޮށްފައި ވަނީ ވެސް ރަނގަޅު ޒޯނައް ކަމަށެވެ. އަދި ދުއްވަނީ އިނީ ވެސް ލައިސެންސް އޮތް މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހައިވޭގައި ހިނގި އެކްސިޑެންޓްގެ އިތުރުން މިރޭ 12: 45 ހާއިރު ބޮޑުތަކުރުފާނު މަގުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކާއި ހިލާލީ މަގުން ނިކުތް ސައިކަލެއް ޖެހި ވަނީ އެކްސްޑެންޓެއް ހިނގާފަ އެވެ. އެ އެކްސިޑެންޓްގައި އެކެއްގެ ނިތްކުރި ފަޅައިގެން ގިސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

Leave a Reply

Your email address will not be published.

haftha.mv ©