ނަސްވާ ހަސަން
08 June 2019
މަޤްބޫލު ޙަބަރު

ދިގުފަރު ރިސޯޓުގެ ދަށުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ބ. އަތޮޅު ކެޔޮދޫ އަކީ ރިސޯޓުގެ ކުނި އަޅަން ބޭނުންކުރާ ރަށެއް ނޫން ކަމަށް ދިގުފަރު ރިސޯޓުން ބުނެފި އެވެ.

ދިގުފަހު ކައިރީގައި އޮންނަ ފަޅރަށުގައި ގިނަ އަދަދެއްގެ ކުނި އަޅާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔުމާއި ގުޅިގެން ދިގުފަރު ރިސޯޓުން އިއްޔެ ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، ކެޔޮދޫ އަކީ ރިސޯޓުގައި އުފެދޭކުނި ރ. ވަންދޫ ސެންޓަރަށް ނުވަތަ މާލޭ ސަރަހައްދުގައި ހުންނަ ވެމްކޯގެ ވޭސްޓުމެނޭޖުމެންޓު ސެންޓަރަށް ގެންދިޔުމުގެ ކުރިން ކުނި އެއްކޮށްފައި ބަހައްޓާ ރަށް ކަމަށެވެ.

އަދި އެ ފޮޓޯތަކުން އެ ފެންނަނީ ކުނި ގެންދިޔުމަށް އެއްކޮށްފައި ހުރި ތަން ކަމަށާއި ވޭސްޓު ޑިސްޕޯސަލް ސައިޓުތަކަށް ކުނި ނުގެންދެވިފައި ހުރީ މޫސުން ގޯސްވެ ކަނޑުގަދަ ވުމުގެ ސަބަބުން ކަމަށެވެ.

ތިމާވެށީހގެ ސާފުތާހިރުކަމަށް އެ ރިސޯޓުން އަބަދުވެސް އިސްކަންދޭ ކަމަށް ވިދާޅުވެ އެ ޕޯސްޓް ހިއްސާކޮށްފައި ވަނީ ކެޔޮދޫގެ އެތަން ސާފުކޮށްފައި ހުރި ފޮޓޯއާއި އެކުއެވެ.

Leave a Reply

Your email address will not be published.

haftha.mv ©