Thu, 4 June, 2020, 12:37 am
ދޯންޏެއްގެ ބުރަފަތިިން ޖެހި ޑައިވިނަށް ދިޔަ ޓޫރިސްޓަކަށް ޒަހަމްވެއްޖެ
12

ޕެރެޑައިސް ކައިރީގައި އޮންނަ މަންތާ ޕޮއިންޓަށް ޑައިވިނަށް ގޮސް އުޅުނު ޓޫރިސްޓެއްގައި ފައިގައި، އެ ރިސޯޓުގެ ދޯންޏެއްގެ ބުރަފަތިން ޖެހި ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

ފުލުސް އޮފީހުން ބުނީ މި ހާދިސާ ހިނގީ، މިއަދު ހެނދުނު  10:35 އެހާކަންހާއިރު ޕެރެޑައިސް ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް، އެ ރިސޯޓުގެ ދޯންޏެއްގެ ބުރަފަތިން ޖެހި ކަމަށެވެ.

އަދި އެއީ އެނބޫދޫފިނޮޅު ޑައިވިން ސްކޫލުން ދިޔަ ޖަރުމަނު މީހެއް ކަމަށެވެ. އަދި އެ ރިސޯޓުން، މިހާރު ވަނީ ޒަހަމްވި މީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ އެކްސިޑެންޓް އިތުރަށް ތަހުގީގު ކުރަމުންނެވެ.

Leave a comment

Your email address will not be published.