މުޙައްމަދު އަންވަރު
08 June 2019
މަޤްބޫލު ޙަބަރު
modi, raees solih

އިންޑިއާގެ ބޮޑުވަޒީރު ކަމަށް ދެވަނަ ދައުރަކަށް އިންތިހާބްވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުގައި ރާއްޖެ ވަޑައިގަތުމުން އެކަމުން ދައްކުވައިދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމުގެ މުހިންމު ކަން ކަމަށް ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރު ރާއްޖެ ވަޑައިގަތް، ލެޓިން ބަހުން މޯދީ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރާއްޖެ އާދުވެއްޖެ ކަމަށާއި މި ދަތުރަކީ އޭނާ ދެވަނަ ދައުރުގެ ފުރަތަމަ ދަތުރު ކަމަށެވެ.

“އަޅުގަނޑުގެ ދެވަނަ ދައުރުގެ ފުރަތަމަ ދަތުރުން ދައްކުވައިދެނީ އިންޑިއާ އާއި ދިވެހިރާއްޖެ އާއި ގުޅިފައިވާ ވަރުގަދަ ގުޅުމުގެ މުހިންމުކަން،” ދިވެހި ލެޓިން ބަހުން މޯދީ ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

މޯދީ އިތުރަށް ވިދާޅުވީ، ދެ ގައުމުގެ ދެމެދު އޮތް ގުޅުން ތަފާތު ރޮނގުތަކުން ބަދަހި ކުރައްވަން ބޭނުންވާ ކަމަށެވެ.

މޯދީ ވަނީ މީގެ ކުރިން ވެސް ދިވަހު ބަހުން ޓްވީޓް ކުރައްވާފަ އެވެ. އިންޑިޔާގެ މިނިވަންކަމުގެ ޙަރަކާތުގެ ބައްޕަގެ ގޮތުގައި ސިފަކުރެވޭ މަހާތުމާ ގާންދީ އަށް އެންމެ ކަމުދިޔަ ލަވަ ކަމަށްވާ “ވައިޝްނަވާ ޖަނާތޯ” ދިވެހި ލަވަކިޔުންތެރިންތަކެއް ކިޔާފައިވާތީ އެކަމަށް އިޝާރާތްކޮށް މޯދީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގާންދީގެ ސުލްޙައިގެ ފަލްސަފާ އާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ސާފުތާހިރުކަމުގެ ހަރަކާތް ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ކަމަށެވެ.

އެ ލަވަ ކިޔާފައިވާ ދިވެހި ލަވަކިޔުންތެރިޔާ މުހައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާއެވެ.

Leave a Reply

Your email address will not be published.

haftha.mv ©