މުޙައްމަދު އަންވަރު
08 June 2019
މަޤްބޫލު ޙަބަރު

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ސޮއިކޮށްފައިވަނީ ރާއްޖޭގައި އިންސާނީ ވަސީލަތްތަށް ތަރައްގީ ކުރުމުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން ސޮއިކުރާ އެއްބަސްވުންތަކެއް ގައެވެ.

އެގޮތުން، މިއަދު ސޮއިކޮށްފައިވަނީ ކަސްޓަމްސްއާ ޝިޕިންގް ހިދުމަތް މިހާރަށްވުރެ ތަރައްގީ ކުރުމުގެ އިތުރުން، ސިވިލް ސާވެންޓުން އަދި ޒުވާނުންގެ ހުނަރުގެ ތަރައްގީ ކުރުމާއި، ރާއްޖެއާ ކޮޗިންއާ ދެމެދު ފަސަންޖަރުންނާއި މުދާ އުފުލާ ފެރީގެ ހިދުމަތް ދިނުމުގެ އެއްބަސްވުންތަކެއްގަ އެވެ.

އިންޑިއާ އާއި ރާއްޖެ ދެމެދު ފެރީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް މަޝްވަރާތަށް ކުރެވިފައިވާ ގޮތަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©