ނަސްވާ ހަސަން
09 June 2019
މަޤްބޫލު ޙަބަރު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށްް ވައި ގަދަވެގެންދާނެ ކަމަށްވެސް ލަފާ ކުރެވޭތީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލު ވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އެދެފި އެވެ.

މެޓުން މިއަދު ބުނީ އުތުރުގެ އެކިހިސާބަށް ގުގުރާ، ބޯކޮށްވާރޭ ވެހުން އެކަށީގެން ވާ ކަމަށާއި މެދުތެރޭގެވެސް ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 8 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށެވެ. އަދި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ދޭތެރޭ ދޭތެރެއިން ގަޑިިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށްވެސް ވައި ގަދަވެގެންދާނެ ކަމަށް މެޓު އޮފީހުން ލަފާ ކުރެވެއެވެ.

ވައިގަދަ ވުމުގެ ސަބަބުން ހއ އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް މެޓު އޮފީހުން ވަނީ މިއަދު ހެނދުނު 10 ން ހަވީރު ހަތަރަކަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.

މެޓުން ބުނީ އާންމުގޮތެއްގައި ގަދަވާނީ އުތުރާއި މެދުތެރޭގެ ކަނޑުތައް ކަމަށާއި އެ ސަރަޙައްދު ތަކަށް ވައި ގަދަ ވުމާއި ގުޅިގެން ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށެވެ. އެގޮތުން އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމަށް މެޓު އޮފީހުން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©