ނަސްވާ ހަސަން
09 June 2019
މަޤްބޫލު ޙަބަރު

މާލޭ މަގުމަތީން ހިނގާފައިދިޔަ ޒުވާން އަންހެނަކާ ފޮށި ޖިންސީ ފުރައްސާރަ ކުރާ މީހެއްގެ ވީޑިއޯ ޝޯޝަލް މީޑިއާގައި އާންމުކޮށް އެމީހާ ބޭޒާރުކޮށްލައިފި އެވެ.

އެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނެސް ފެންމަތި ކުރުވީ، ޖިންސި ފުރައްސާރައިގެ ޝިކާރައަކަށްވި އަންހެން ކުއްޖާއެވެ.

އެ ފިރިހެން މީހާއަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުކޮށް ޓްވިޓާގައި އެ އަންހެން ކުއްޖާ ބުނެފައިވަނީ، އެ މުސްކުޅި މީހާ ވަނީ އޭޑީކޭއާ ހިސާބުން ފެށިގެން ޗާންދަނީމަގުގައި ހުންނަ ސްކޫޕް ރެސްޓޯރެންޓާ ހަމައަށް އޭނާގެ ފަހަތުން ސައިކަލުގައި ފޮށެމުން ހުތުރު ބަހުން ވާހަކަދައްކައިފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އެ ފިރިހެން މީހާގެ ވީޑިއޯ ކުރަން ފެށުމުން އޭނާވެސް އެއް އަތުން ފޯނު ނަގައިގެން މޫނު ފޮރުވަން މަސައްކަތް ކުރެއެވެ. އަދި ވީޑިއޯ ކުރަމުން ބޭބެ އަށް ކިތަށް އަހަރުތޯ ވެސް އެ ކުއްޖާ ސުވާލު ކޮށްލައެވެެ.

ޝޯޝަލް މީޑިއާގައި މި ވީޑިއޯ ދައުރުވެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އޭނާގެ ވަނަވަރު ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފައެވެ. އަދި އާންމުންގެ ގިނަ ބައެއްގެ ސަމާލުކަން ލިބުމުން ފުލުހުން ވެސް އެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©