މުޙައްމަދު އިބްރާހިމް
09 June 2019
މަޤްބޫލު ޙަބަރު

ކުރިއަށް އޮތް ބާރު ގަޑިއިރު ރާއްޖޭގެ އުތުރަށް މޫސުން ގޯސްވުމާއެކު ގަދަ ވަޔާއެކު ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފި އެވެ.

މެޓް އޮފީހުން މާދަމާގެ ހެނދުނު 6:00 އަށް މޫސުން ލަފާކުރާ ގޮތުގައި އުތުރާއި މެދުތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެ އެވެ.

އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ވައިޖެހޭނެ ކަމަށް ލަފާކުރާ ގޮތް

ދެކުނާއި ހުޅަނގުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލަށް

އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލަށް

ދޭތެރެ ދޭތެރެއިން ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައި ގަދަވާނެ

މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އުތުރާއި މެދުތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށެވެ. ރާޅުގެ އުސްމިން އުޅޭނެ ކަމަށް ބެލެވެނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ކަމަށް އެ އިދާރާއިން ބުނެ އެވެ.

އުތުރާއި މެދުތެރޭގެ ސަރަހައްދު ތަކަށް ވައިގަދަވުމާއި ގުޅިގެން ރާޅުގެ އުސްމިން ބޮޑުވެދާނެތީވެ އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

އެހެންކަމުން އާންމުކޮށް ހުރިހާ ފަރާތްތަކުން ހާއްސަކޮށް އުތުރާއި މެދުތެރޭގެ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©