Fri, 29 May, 2020, 5:42 pm
ނާޒިމް ސައްތާރަށް ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ދީފި
5

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި މަޝްހޫރު ވަކީލް ނާޒިމް އަބްދުއް ސައްތާރަށް ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ދީފިއެވެ.

ސިޔާސީ ހަރަކާތްތަކުގައި ފުލުހުން ހައްޔަރުކުރާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ނާޒިމް އަކީ ވަކީލެއްގެ ގޮތުގައި ހޭދަކުރެއްވި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ސިޔާސީ ބޭފުޅުންގެ ވަކީލެއްގެ ގޮތުން މަސައްކަތް ކުރައްވައިފައެވެ.

އެގޮތުން ބޭބޭފުޅު ރައީސް ނަޝީދާއި ސަރުކާޜު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ކުރީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި މި ސަރުކާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ ވަކީލެއްގެ ގޮތުގައި ނާޒިމް ވަނީ ކޯޓުތަކުގައި ވަކާލާތު ކުރައްވައިފައެވެ.

ސިޔާސީ މަސައްކަތްތަކުގެ ތެރެއިން އެތައް ފަހަރެއްގެ މަތިން ހައްޔަރުވެސް ކޮށްފައި ހުންނެވި ނާޒިމް ސައްތާރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ލައިސަންސް ނުވަތަ ހުއްދަ ލިބިއްޖެ ކަމަށެވެ.

ނާޒިމް “ހަފްތާ”އަށް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ވަކާލާތު ކުުރުމުގެ ހުއްދަ އޭނާއަށް ލިބުނީ އެކަމަށް އެދި ހުށަހެޅިތާ މަހެއް ފަހުން ކަމަށެވެ.

ނާޒިމް ސައްތާރަށް ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ދީފައިވާއިރު އޭނާގެ ބޭބޭފުޅު ކުރީގެ ރައީސް ނަޝީދަކީ މިހާރު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރެކެވެ. ޖޭއެސްސީގައި މިވަގުތު ނަޝީދުގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލާ ހިސާން ވެސް އިންނަވާނެއެވެ.

Leave a comment

Your email address will not be published.