ނަސްވާ ހަސަން
10 June 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މާދަމާއިން ފެށިގެން ހެނދުނުގެ ނާސްތާ ޕްރޮގުރާމް ފަށާނެ ކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ނާސްތާ ޕްރޮގުރާމު ފުރަތަމަ ފެށީ މިއަހަރު، ރާއްޖޭގެ 25 ސްކޫލުތަކުގެ ދަރިވަރުންނަށް އެކަނިއެވެ. ނަމަވެސް ދެވަނަ ޓާމުން ފެށިގެން ބާކީ ހުރި 188 ސްކޫލުތަކުގައި ނާސްތާ ޕްރޮގްރާމްތައް ފެށުމަން އެކަން ކޮށްދޭނެ ފަރާތެއް ހޯދަން ވަނީ މީގެ މަސް ދުވަސްކުރިން އިއުލާން ކޮށްފަ އެވެ.

އަދި ދެވަނަ ޓާމް ފެށުނުއިރު ހަ ރޯދައާ ދިމާވާތީ، މިނިސްޓްރީން ނިންމީ ހަ ރޯދަ ނިންމުމުން، އަންނަ އަންގާރަ ދުވަހު ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފަށާށެވެ.

އެކި މެނޫތަކަށް ބަހާލައިގެން ނާސްތާ ދެމުންގެންދާއިރު، އަދި އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ފެށިފަހުން ދަރިވަރުން ގަޑިއަށް ހާޒިރުވާ ކަމަށާއި ކުރިން ނާސްތާ ނުނަގާ ކުދިންވެސް ޕްރޮގުރާމުގައި ބައިވެރިވެފައިވާ ކަން ފާހަގަވެފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©