Wed, 3 June, 2020, 11:45 pm
މިއީ ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ލިބުނު ފަހި ފުރުސަތެއް: ނައިބު ރައީސް
10

ނާސްތާ ޕްރޮގްރާމް ވެގެންދާނީ ދުޅަހެޔޮ ޞިއްޙަތެއްގައި ދަރިވަރުން ތިބެ ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ދަރިވަރުންނަށް ލިބިގެންދާ އެންމެ ފަހި ފުރުޞަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ރަސްމީގޮތުން ފެއްޓެވުމަށް މިއަދު ތާޖުއްދީނު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި ޕްރޮގްރާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ދަރިވަރުންގެ ކިޔެވުން ހެނދުނު ފަށައިގަންނައިރު ކުދިންގެ ސިކުނޑިތައް ހުޅުވެންޖެހޭކަމަށާއި ފިލާވަޅުތަކަށް ރަނގަޅަށް ސަމާލުކަންދެވި، މުޅި ދުވަހު ކިޔެވުން ކުރިޔަށްގެންދެވޭ ވަރަށް ކުދިން ތައްޔާރުވާންޖެހޭކަން ނައިބު ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން މިފަދަ ޕްރޮގްރާމަކުން ހަމައެކަނި ލިބިގެންދަނީ ނާސްތާކުރުމުގެ ފުރުޞަތު އެކަނި ނޫން ކަމަށެވެ. މި ޕްރޮގްރާމްގެ ތެރެއިން އުނގެނުމުގެ ތެރެއިން ދަސްކުރަންޖެހޭ ބައެއްކަންތައްތަކުގެ ތެރޭގައި ހިމެނޭ، އިޙްތިރާމު ކުރުމާއި، އެހެންމީހުންގެ ޙައްޤުތައް ދެނެގަނެ ރަނގަޅު ނަތީޖާއަކާ ހަމައަށް ވާސިލުވުމަށް މަސައްކަތްކުރުންފަދަ އެތައްކަމެއް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

 ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މި ޕްރޮގްރާމު ރަސްމީގޮތުން މިއަދު ފެށުމާއެކު ރާއްޖޭގެ 180 ރަށެއްގައި، 57،817 ދަރިވަރުންނަށް “މިންހެޔޮ ނާސްތާ'” ލިބިގެންދާނެއެވެ.

Leave a comment

Your email address will not be published.