ނަސްވާ ހަސަން
11 June 2019
މަޤްބޫލު ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތް މިހާރު ދެމުން އަންނަ ގޮތް މަޖިލީހުގެ ގަވާއިދު އިސްލާހުކުރާ އިރު ބަދަލުކުރަން އަދާލަތު ޕާޓީން ހުށަހަޅައިފި އެވެ.

އަދާލަތުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި މަޖިލީހަށް ހާޒިރުވެވަޑައި ނުގަނެ، މަސައްކަތް ނެތި މަޖިލީސް ހުއްޓިފައި އޮންނަނަމަ ވެސް މެމްބަރުންގެ މުސާރަ ނަންގަވާ ކަމަށެވެ.

އަދި ރައްޔިތުންގެ ވެސް ކަންބޮޑުވުން ހުރި މައްސަލައެއް ކަމުގައިވާ، މެންބަރުން މަސައްކަތުގައި ބައިވެރިވެވަޑައިނުގަނެ، ހަމައެކަނި ސޮއިކުރައްވައިގެން ކޮމިޓީ އެލަވަންސް ނަންގެވުން ހިމެނެއެވެ. އެގޮތުން އެ މަހެއްގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން މަދުވެގެން ދެބައިކުޅަ އެއްބައި ޖަލްސާ އަށް ހާޒިރުވާ މެމްބަރުންނަށް މުސާރަ އާއި އިނާޔަތް ދޭ ގޮތަށް ގަވާއިދު އިސްލާހު ކުރަން އަދާލަތުން ވަނީ ހުށަަހަޅައިފަ އެވެ.

އަދާލަތުން ވަނީ މަދުވެގެން މަހަކު ތިން ކޮމިޓީ ބައްދަލުވުން ބާއްވަން ހުށަހަޅައިފަ އެވެ. އޭގެ އިތުރުން ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ވަޑައިގަންނަވާ މެމްބަރުންނަށް 20،000ރ. ގެ އިނާޔަތެއް ލިބިވަޑައިގަންނަވާ މައްސަލައާއި މުސާރަ ދިނުމުގައި ހަރުދަނާ އުސޫލެއް ގެންގުޅުމަށް ވަނީ އެދިފަ އެވެ. އަދި އެ މަހެއްގައި ބާއްވާ ކޮމެޓީ ބައްދަލުވުންތަކުގެ ދެބައިކުޅަ އެއްބައި ބައްދަލުވުމަށް ހާޒިރުވާ މެމްބަރުންނަށް އެކަނި ކޮމިޓީ އެލަވަންސް، ދޭ ގޮތަށް ބަދަލުކުރަން ވެސް އެ ޕާޓީން ވަނީ ހުށަހަޅައިފަ އެވެ.

މަޖިލިހުގެ ގަވައިދަށް ގެންނަން ބޭނުންވާ އިސްލާހުތައް ހުށަހެޅުމަށް އާންމުންނަށް ދިން ފުރުސަތު އިއްޔެ ހަމަވެފައިވާ އިރު އާންމުން ވަނީ ގިނަ ހިޔާލުތަކެއް ވަނީ ހުށަހަޅައިފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©