ނަސްވާ ހަސަން
11 June 2019
މަޤްބޫލު ޙަބަރު

ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނު ހެދުމުގެ ބާރު ލިބިގެންވާ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ފުރަތަމަ ފަހަރަށް ވަނީ ރިޔާސަތާ ހަވާލުވެވަޑައިގަނެފަ އެވެ.

އެގޮތުން 19 ވަނަ މަޖިޅީހުގެ ނައިބު ރައީސަކަށް އީވާ އިންތިޚާބުކޮށްފައި ވަނީ މަޖިލިހުގެ 76 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި މިއަދުގެ ޖަލްސާގައި  އީވާ ވަނީ ބައިގަޑިއިރެއް ހާއިރު ވަންދެން މަޖިލިހުގެ ރިޔާސަތު ބަލަހައްޓެވުމަށް ފަހު، މަޖިލިހުގެ ރިޔާސަތު މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ހަވާލު ކުރައްވައިފަ އެވެ.

ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ޖެހިޖެހިގެން ތިން ވަނަ ދައުރެއް ކާމިޔާބުކުރެއްވި އިވާ މިހާރު ފުރިހަމަ ކުރައްވަމުން އެ އަންނަނީ މަޖިލިހުގައި 15 އަހަރެވެ. ތާރީހުގެ ތެރެއިން އީވާ ވެގެންދަނީ ރިސާޔަތު ބަލަހައްޓަވާ ދެވަނަ އަންހެން މެމްބަރަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©