ނަސްވާ ހަސަން
11 June 2019
މަޤްބޫލު ޙަބަރު

ހއ. ދިއްދޫގައި މިހާރު ކުރިއަށްދާ ކައުންސިލް ފުޓްސަލް މުބާރާތުގެ ތެރެއިން ދެ ޓީމެއްގެ ދެމެދުގައި ހަމަނުޖެހުންތަކެއް ހިނގާ، އެރަށުގެ ފުޓްސަލް ދަނޑަށް ގެއްލުންތަކެއް ދީފިއެވެ.

ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ ހަމަނުޖެހުންތައް ހިނގީ ރޭ 11 ޖެހިއިރު ކުޅުނު މެޗެއްގައި ކަމަށެވެ.

އެގޮތުން ހަމަނުޖެހުމުގައި ދެ ޓީމްގެ ކުޅުންތެރިންނާ ސަޕޯޓަރުން ދަނޑުގެ މެޓްތައް ނައްޓާ ހަލާކުކޮށްލާފައިވާއިރު އެ މުބާރާތަށް ދަނޑަށް ގެނެސްފައި ހުރި ގޮނިޑިތަކަށް ވެސް ގެއްލުންދިން ކަމަށް ފުލުހުން ވިދާޅުވި އެވެ. އަދި ހަމަނުޖެހުން ކޮންޓްރޯލް ކުރަން ފުލުހުން އެ ސަރަހައްދަށްް ގޮސް ދެ ޓީމްގެ ދެމެދުގައި ޖެހިފައިވާ މައްސަލަތައް، ވާހަކަ ދައްކައިގެން ހައްލުކުރުމަށް މަސައްކަތްކުރި ކަމަށް ވިދާޅުވި އެވެ.

ސޯޝަލް މީޑއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ދަނޑުގެ މެދުގައި އަޅާފައި އޮތް މެޓު އެއްކޮށްވަނީ ވިދާލާފަ އެވެ. އަދި ގިނަ އަދަދެއްގެ މީހުން ވަނީ ދަނޑު މައްޗަށް ޖަމާވެފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©