ނަސްވާ ހަސަން
11 June 2019
މަޤްބޫލު ޙަބަރު

ހިދުމަތްތައް ލާމަރުކަޒީ ކުރުމުގެ ސިޔާސަތުގެ ދަށުން، ހއ. ދިއްދޫގައި އިމިގްރޭޝަން އޮފީހެއް މިއަދު ހުޅުވައިފި އެވެ.

އިމިގްރޭޝަން އޮފީސް ހުޅުއްވައިދެއްވީ ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދެވެ. އެ ރަސްމިއްޔާތުގައި ވަނީ އެ އޮފީހުން ތައްޔާރުކުރި ފުރަތަމަ ޕާސްޕޯޓް، އެ ޕާސްޕޯޓް ލިބޭ ފަރާތަށްވެސް ހަނަފީ ހަވާލުކޮށްދެއްވާފަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ މާޗްމަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ ވަނީ ދިއްދޫގައި އިމިގްރޭޝަން އޮފީހެއް ހަދާނެ ކަން އިއުލާން ކޮށްދެއްވާފަ އެވެ. އެގޮތުން އޭގެ ތިން މަސްފަހުން މިއަދު ހުޅުވި އެ އޮފީހަކީ މާލެއިން ބޭރުގައި ހުޅުވުނު އިމިގުރޭޝަންގެ ހަތަރު ވަނަ އޮފީހެވެ.

Leave a Reply

Your email address will not be published.

haftha.mv ©