Fri, 29 May, 2020, 6:51 pm
ޕީޕީއެމް ޕީޖީ ލީޑަރު ކަމަށް ރެޑްވޭވް ސަލީމް
15

އިދިކޮޅު ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުކަމަށް، އޭދަފުށީ ދާއިރާ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ހޮވައިފި އެވެ.

އޭދަފުށީ ދާއިރާގެ މެމްބަރުކަން ތިން ވަނަ ދައުރަކަށް ފުރުއްވަމުން ގެންދަވާ ސަލީމް ޕީޕީއެމް ޕީޖީ ލީޑަރަކަށް ހަމަޖެއްސީ މިއަދު އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ނެގި ވޯޓުން މެމްބަރުންގެ އިއްތިފާގުން އެވެ.

ސަލީމް އަކީ، ޕީޕީއެމް ޕީޖީ ގްރޫޕްގައި އިންނަވާ އެންމެ ދުވަސްވީ މެންބަރެވެ. ސަލީމްގެ އިތުރުން ދެން އެ ޕާޓީގެ ޕީޖީ ގްރޫޕްގައި ހިމެނިވަޑައިގަންނަވަނީ ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް އާއި ގުރައިދޫ ދާއިރާ މެމްބަރު އިބްރާޙިމް ރިޒާ އާއި މަހިބަދޫ ދާއިރާ މެމްބަރު އަހްމަދު ތޯރިގްގެ އިތުރުން ގުރައިދޫ ދާއިރާ މެމްބަރު މުހައްމަދު ގައްސާން މައުމޫން އެވެ.

Leave a comment

Your email address will not be published.