މުޙައްމަދު އިބްރާހިމް
11 June 2019
މަޤްބޫލު ޙަބަރު

ލ. ގަމު ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ، ގަމުގެ ގެއެއްގައި ކުއްޔަށް ދޭ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ މިއަދު މެންދުރު ފެނުނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާއާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.

އޭނާގެ ހަށިގަނޑުގެ ބޭރުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށާއި ނަމަވެސް ހަށިގަނޑު އޮތީ ހަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ، މަރުވެފައިވާ މީހާއަކީ ޗުއްޓީއަށް ގަމަށް ގޮސް އުޅުނު މީހެއް ކަމަށާއި އޭނާގެ ހަށިގަނޑު މިހާރު ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©