މުޙައްމަދު އީމާން
11 June 2019
މަޤްބޫލު ޙަބަރު

ވޭތުވެދިޔަ ދެ މަހުގެ މާލޭގެ ގޭބިސީތަކުގެ ކަރަންޓް ބިލްތައް ބޮޑުވެފައިވަނީ ހޫނު ގަދަ މޫސުމާއި ރޯދަ މަހާ ދިމާވެ، ގޭގޭގައި ބޭނުންކުރި ކަރަންޓުގެ މިންވަރު އިތުރުވެގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މާލެ އާއި ރާއްޖޭގެ އެހެން ރަށްރަށުގެ ކަރަންޓުގެ ހިދުމަތް އެއް ހަމައެއްގައި ފޯރުކޮށްދޭން ނިންމައި، ކަރަންޓުގެ ހެޔޮ ކުރުމަށް ސަރުކާރުން ނިންމި ނަމަވެސް ވޭތުވެދިޔަ ދެ މަހުގެ ބިލްތައް ބޮޑުވެ، އާންމުންގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

އެ ޝަކުވާތަކާ ގުޅިގެން ސްޓެލްކޯގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، އެ ކުންފުނީގެ ރެކޯޑްތައް ދައްކާގޮތުން ޭޝަން ކޮންމެ އަހަރެއްގެ ވެސް މާޗް، އޭޕްރިލް އަދި މޭ މަހަކީ އާދަޔާ ހިލާފަށް ހޫނު ގަދަވެ، ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވާ މަސްތަކެއް ކަމަށެވެ.

ދެން އެންމެ ގިނައިން ކަރަންޓް ބޭނުންކުރާ ކަމަށް ފާހަގަކުރެވިފައިވަނީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހުގައި ކަމަށާއި ނަމަވެސް މިއަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރުގައި ރޯދަ މަހުގެ ބައެއް ހިމެނިގެން ދިއުމަކީ ކަރަންޓް ބިލް ބޭނުންކުރި މިންވަރު އިތުރުވެ ބިލް ބޮޑުވި ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ސުޕްރިޓެންޑް އިންޖިނިއާ އިބްރާހިމް ރައުފު ވިދާޅުވީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަނީ މަތިވަމުން ކަމަށާއި އެހެން ކަމުން ބޭނުންކުރާ ސާމާނުވެސް ބަދަލުވަމުންދާ ކަމަށެވެ. އޭގެ ސަބަބުން ކަރަންޓް ބޭނުންކުރާ ޔޫސޭޖް މަތިވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

“އެއްޗހި ބޭނުން ކުރެވޭ އަދަދު އިތުރުވުމުގެ ސަބަބުން ކަރަންޓްގެ ނިސްބަތް ހިނގާނީ މައްޗަށް، އަޅުގަނޑުމެން އުފައްދާ ކަރަންޓް ވަނީ ވަރަށް ބޮޑުތަން މައްޗަށް ގޮސްފަ، ހާއްސަކޮށް މިއަހަރު ވަރަށް ބޮޑު ޖަމްޕެއްގެ ގޮތުގައި، މިއަހަރު ވަނީ ހަ މެގަވޯޓް އިތުރުވެފަ، އަޅުގަނޑުމެން އަބަދުވެސް ކަރަންޓް މި ސަޕްލައި ކުރަނީ ޑިމާންޑާ އެއްވަރަށް، އެހެންކަމުން އަޅުގަނޑުމެން ކަސްޓަމަރުން ކަރަންޓް ބޭނުން ކުރާ މިންވަރަކަށް މިޖެހެނީ ކަރަންޓް އުފައްދަން،” ރައުފު ވިދާޅުވި އެވެ.

ރައުފް ވިދާޅުވީ، އެހެން އަހަރުތަކާ އަޅާބަލާއިރު މިއަހަރުގެ ހޫނު މޫސުން ވަނީ ވަރަށް ބޮޑަށް ދިގުދެމިގެން ގޮސްފައި ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©