Sat, 18 January, 2020, 12:46 am
މޯލްޑިވިއަން އައިޑަލްގެ ބަދަލުގައި މިފަހަަރު ގެނެސްދޭނީ މާސްޓަރ ޝެެފްް

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ ފްރެންޗައިސް ޝޯ “މޯލްޑިވިއަން އައިޑަލް”ގެ ބަދަލުގައި މަޝްހޫރު ކައްކާ ފްރެންޗައިސް ޝޯއެއް ކަމަށްވާ ‘މާސްޓަރ ޝެފް” ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

ޕީއެސްއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ޒުވާނުންގެ ހުނަރު ދައްކާލުމަށްޓަކާ ތަފާތު ޕެލްޓްފޯމްތަކެއް ގެނެސްދިނުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

އެގޮތުން އެ ކުންފުނިން ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޓަނޭޝަނަލް ފްރެންޗައިސް ޝޯވ، “މޯލްޑިވިއަން އައިޑަލް” ސަބަބުން ޒުވާނުންނަށް ލަވަކިޔުމާއި މިއުޒިކްގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިވެގެންދިޔަ ކަމަށް ބުނެފައިވެއެވެ.

އެގޮތުން އެ ކުންފުނިން އިތުރު މަޝްހޫރު އިންޓަނޭޝަނަލް ޕްރެންޗައިސް ޝޯއެއް ބޭއްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބެލި އެއް ޓީވީ ޝޯވ، “މާސްޓާ ޝެފް” ރާއްޖޭގައި ބޭއްވުމަށް އަމާޒު ކުރަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޕީއެސްއެމުން ބުނީ، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ އެއް ސިނާއަތަކީ ޓޫރިޒަމްއަށްވާއިރު ހޮޓެލް އިންޑަސްޓްރީ ތަރައްގީ ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.

އެގޮތުން މިއަދު ރާއްޖޭގެ ގިނަ ރިސޯޓްތަކެއްގައި މަސައްކަތްކުރާ ޝެފުންނަކީ ބިދޭސީންކަން ފާހަގަކުރައްވާ ޕީއެސްއެމުން ބުނީ، ހުނަރުވެރި ދިވެހި ޝެފުން އުފެއްދުމުގެ ދޮރު ހުޅުވާލަ ދިނުމަކީ މާސްޓާ ޝެފް ރާއްޖޭގައި ބޭއްވުމަށް އެކުންފުނިން ނިންމި އެއް ސަބަބު ކަމަށެވެ.

އިނގިރޭސި މަޝްހޫރު ޑައިރެކްޓަރު އަދި ވިޔަފާރިވެރިޔާ ފްރޭންޗް ރޮޑްއަމް އުފެއްދި މާސްޓާ ޝެފް މުބާރާތް އެމެރިކާގައި އެންމެ ފުރަތަމަ ދައްކަން ފެށީ 2010 ވަނަ އަހަރުއެވެ.

އޭގެ ފަހުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެ މުބާރާތުގެ ނުވަ ސީޒަން ބާއްވާފައިވާއިރު، އެ ޝޯވ ވެގެން ގޮސްފައިވަނީ ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު އަދި އެންމެ ގިނަ ބަޔަކު ބަލާ އެއް ޝޯއަށެވެ.

ޕީއެސްއެމް އިން ބުނީ، މާސްޓަ ޝެފްގެ ފޯމެޓް އެ ކުންފުނިން ގަނެފައިވާ ކަމަށާއި އަދި ޕްރޮޑަކްޝަންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ޝޯ ސްޕޮންސާރ ކުރަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި ބައެއް ސްޕޮންސަރުންނާއެކު ބައްދަލުވުންތައް ބާއްވާފައިވާ ކަމަށް ވެސް ޕީއެސްއެމުން ބުނެއެވެ.

Leave a comment

Your email address will not be published.