މުޙައްމަދު އަންވަރު
12 June 2019
މަޤްބޫލު ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވަނިކޮށް ރަހުމު ކުޑަ ގޮތަކަށް އަވަހާރަ ކޮށްލެވުނު ދީނީ އިލްމްވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ވީ ނުވީއެއް ނޭންގި ގެއްލުވާލި މައްސަލައިގެ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްއާ ސުވާލުކޮށްފި އެވެ.

އަދީބްއާ ސުވާލުކޮށްފައިވަނީ، މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ނެވެ.
އެކަން ހާމަކޮށް އެ ކޮމިޝަނުން މިރޭ ކުރި ޓުވީޓެއްގައި ބުނީ، އަފްރާޝީމް އަވަހާރަ ކޮށްލުމާއި ރިލްވާން ގެއްލުވައިލުމާ އަދީބާ ގުޅުވައިގެން ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން އަދީބާ ސުވާލު ކޮށްފައިވާ ކަމަށާއި އަދި ކޮމިޝަނަށް އަދީބު ހާޒިރުކޮށް، ބަޔާން ނަގާފައިވާ ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ޑރ. އަފްރާޝީމް އަލީ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާލި މައްސަލަ އާއި ރިލްވާން ގެއްލުވައިލުމުގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިއްޖެ ކަމަށް، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ  މީގެ ކުރިން ވިދާޅުވެފައެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ކޮމިޝަނުން އެހެން ބުނިއިރު، ހިޔާނާތާއި ޓެރަރިޒަމްގެ ކުށްތަކުގެ މައްސަލާގައަ އަދީބުގެ މައްޗަށް އިއްވާފައިވާ 33 އަހަރުގެ ޖަލު ޙުކުމްތައް ކޯޓުން ވަނީ ބާތިލުކޮށްފައެވެ. އަދި މެޑިކަލްބޯޑްގެ ލަފާގެ މަތިން ބޭސްފަރުވާ އަށް އަދީބު ރާއްޖޭން ބޭރަށް ދިޔުމުގެ ހުއްދަ ކަރެކްޝަންއިން މިއަދިވަނީ ދީފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©