މުޙައްމަދު އަންވަރު
12 June 2019
މަޤްބޫލު ޙަބަރު

މިހާރު ހިނގަމުން މިދާ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ 17 ކޮމެޓީގެ މުގައްރިރުން ހޮވާފައިވާއިރު އެއް ކޮމެޓީ ފިޔަވައި އެހެން ހުރިހާ ކޮމެޓީއެއްގެ މުގައްރިރު ކަމަށް ހޮވައިފާ ވަނީ ވެރިކަން ކުރާ އެމްޑީޕީގެ މެންބަރުންނެވެ.

ގަވާއިދު ކޮމިޓީގެ މުގައްރިރަކަށް ހޮވާފައިވަނީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑެވަޕޮލްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ޑެޕިއުޓީ ލީޑަރު އަހްމަދު އާމިރެވެ. އަދި އެ ކޮމެޓީގެ ނައިބް މުގައްރިރަކަށް ހޮވާފައިވަނީ މުލަކު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނަސީރު އެވެ.

މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ ތެރެއިން 16 ކޮމެޓީއެއްގެ މުގައްރިރު ކަމަށް އެމްޑީޕީ މެންބަރުން ހޮވާފައިވާއިރު 15 ކޮމެޓީއެއްގެ ނައިބް މުގައްރިރު ކަމަށް ވެސް ހޮވާފައިވަނީ އެމްޑީޕީގެ މެންބަރުންނެވެ. އެގޮތުން އެމްޑީޕީ ނޫން ދެން ތިބި ދެ ނައިބް މުގައްރިރުންނަކީ މާލިއްޔަތު ކޮމެޓީއަށް ތިމަރަފުށީ ދާއިރާގެ ޖޭޕީ މެންބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް އަމިއްލަ މެންބަރެއްގެ ގޮތުގައި ހުރި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އެވެ.

 • އާންމު ކޮމިޓީ: މުގައްރިރަކަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު، ހަސަން ލަތީފް އަދި ނައިބް މުގައްރިރަކަށް ތޮއްޑޫ ދާއިރާގެ މެމްބަރު، ހަސަން ޝިޔާން.
 • ޕެޓިޝަން ކޮމިޓީ: މުގައްރިރަކަށް މުލަކު ދާއިރާގެ މެމްބަރު، އިބްރާހިމް ނަސީރު އަދި ނައިބް މުގައްރިރު ކަމަށް، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު، އަބްދުލް މުޣުނީ.
 • އިމްތިޔާޒު އަދި ސުލޫކީ ކޮމިޓީ: މުގައްރިރަކަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު، ޔާސިރު އަބްދުއްލަތީފް އަދި ނައިބް މުގައްރިރަކަށް، ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
 • ގަވާއިދު ކޮމިޓީ: މުގައްރިރަކަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ނައިބް މުގައްރިރަކަށް، މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު
 • މާލިއްޔަތު ކޮމިޓީ: މުގައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު އަދި ނައިބް މުގައްރިރަކަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
 • ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ: މުގައްރިރަކަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އަދި ނައިބް މުގައްރިރަކަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
 • އިގްތިސޯދީ ކޮމިޓީ: މުގައްރިރަކަށް އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން އަދި ނައިބް މުގައްރިރަކަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝިދު
 • އިޖުތިމާއީ ކޮމިޓީ: މުގައްރިރަކަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ އަދި ނައިބް މުގައްރިރަކަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން
 • ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ: މުގައްރިރަކަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އަދި ނައިބް މުގައްރިރަކަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ
 • މިނިވަން މުއައްސަސާތަކުގެ ކޮމިޓީ: މުގައްރިރަކަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި ނައިބް މުގައްރިރުކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް
 • ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ: މުގައްރިރަކަށް ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އަދި ނައިބް މުގައްރިރުކަމަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
 • ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ: މުގައްރިރަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަދި ނައިބް މުގައްރިރުކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު
 • ލާމަރުކަޒީ ކޮމިޓީ: މުގައްރިރަކަށް ހުޅުމާޅެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އަދި ނައިބް މުގައްރިރުކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
 • ޖުޑީޝިއަރީ ކޮމިޓީ: މުގައްރިރަކަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އަދި ނައިބް މުގައްރިރަކަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
 • އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ: މުގައްރިރަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ނައިބް މުގައްރިރަކަށް މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް
 • ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ: މުގައްރިރަކަށް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އަދި ނައިބް މުގައްރިރަކަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
 • ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ: މުގައްރިރަކަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އަދި ނައިބް މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ

Leave a Reply

Your email address will not be published.

haftha.mv ©