ނަސްވާ ހަސަން
12 June 2019
މަޤްބޫލު ޙަބަރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުމުގެ ހުއްދަ މޯލްޑިވްސް ކޮރެކްޝަނަލް ސާވިސް އިން ދިން މައްސަލަ ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަޅައިފި އެވެ.

މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމެވެ.

މީކާއިލްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ އަދީބަކީ ރާއްޖެ އިން ބޭރަށް ފުރަން ކަރެކްޝަނަލް ސާވިސް އިން ހުއްދަ ދީފައިވާ ކަމަށް އެ މުއައްސަސާ އިން ބުނެފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން އަދީބު ރާއްޖެއިން ބޭރުގައި ނުފިލޭނެ ގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެޅީ ކޮން ފިޔަވަޅުތަކެއްތޯ ސުވާލުކުރުމަށް، ކޮމިޝަނަ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރު ކުރުމަށް ވެސް މީކާއިލް ވަނީ ހުށަހަޅުއްވައިފަ އެވެ.

އަދީބާ ގުޅޭ ކުއްލި މައްސަލަ އަށް ބަހުސް ކުރަން މިހާރު މަޖިލިހުން ފާސްކޮށްފައިވާއިރު، އަދީބު ބޭސްފަރުއާށް ރާއްޖޭން ބޭރަށް ފޮނުވަން ކަރެކްޝަނަލް ސާވިސްއިން ނިންމާފައިވަނީ މެޑިކަލް ބޯޑުން ބެލުމަށް ފަހު އެވެ.

ކަރެކްޝަނަލް ސާވިސް އިން ރޭ ބުނެފައި ވަނީ، މީގެ ކުރިން ވެސް އަދީބު ވަނީ ބޭސްފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަށް އެކި ފަހަރު މަތިން އެދިވަޑައިގެންފައި ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©