ނަސްވާ ހަސަން
12 June 2019
މަޤްބޫލު ޙަބަރު

ބައެއް ފަރާތްތަކުގެ ކަރަންޓް ބިލްތައް ބޮޑުވުމުގެ ސަބަބުން އާންމުންގެ ކަންބޮޑުވުންތަކާއި ގުޅިގެން އެ ޝަކުވާތައް ބަލައިގަންނަން ހާއްސަ ކައުންޓަރެއް ސްޓެލްކޯގައި ގާއިމްކޮށްފި އެވެ.

އެ ކުންފުނިން ބުނީ، އެ ކައުންޓަރު ގާއިމް ކޮށްފައި ވަނީ ސްޓެލްކޯގެ މައި އޮފީހުގައި ކަމަށާއި އެ ކައުންޓަރުގެ ބޭނުމަކީ ކަރަންޓް ބިލްތަކާ ގުޅޭ ގޮތުން އާންމުންގެ ތެރޭގައި ހުރި ޝަކުވާތައް ބެލުމަށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ އިތުރުން އެކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމުގެ ގޮތުން ކަމަށެވެ.

ސްޓެލްކޯއިން މީގެ ކުރިން ބުނިގޮތުގައި ފާއިތުވި ދެ މަސް ދުވަހު ކަރަންޓް ބިލް ބޮޑުވެފައިވަނީ ހޫނުމޫސުމާ ގުޅިގެން ކަރަންޓު ސާމާނު ބޭނުންކުރާ މިންވަރު އިތުރުވާތީ ކަމަށެވެ.

އަދި އެކަމުގައި އިތުރު ކަންތައްތަކެއް ނޯންނާނެ ކަމަށާއި ރައްޔިތުންނަށް އަންދާޒާނުކުރެވޭ ވަރަށް ކަރަންޓް ބޭނުންކުރެވޭ މިންވަރު ވަނީ އިތުރުވެފައި ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©