Fri, 17 January, 2020, 11:31 pm
ބައްޕައާއި އިތުރު ބައެއްގެ ފަރާތުން ގޯނާ ލިބުނު ކުއްޖެއްގެ މައްސަލަ ބަލަނީ

މެދު ރާއްޖެތެރޭ އަތޮޅުގެ ރަށަކަށް ނިސްބަތްވާ ކުއްޖެއްގެ ބައްޕަ އޭނާ އަށް ޖިސްމާނީ އަނިޔާކުރާ މައްސަލަ އަމިއްލައަށް އެ ރަށު ޕޮލިސް ސްޓޭޝަށް ހުށަހެޅި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖައަށް އެކުއްޖާގެ ބައްޕަގެ ފަރާތުން ޖިސްމާނީ އަނިޔާ ލިބޭތީ އަމިއްލައަށް ފުލުސް ސްޓޭޝަނަށް ގޮސް ހުށަހެޅީ އިއްޔެ ކަމަށެވެ. އެގޮތުނއ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހަށް އެނގިފައިވާ ގޮތުގައި އެކުއްޖާއަށް ވަނީ އެހެން ބައެއްގެ ފަރާތުން ޖިންސީ ގޯނާވެސް ލިބިފައި ކަމަށެވެ.

އަދި ފުލުހުން ވަނީ އެ މައްސަލަ އިތުރަށް ބެލުމުގެ ގޮތުން އެ ކުއްޖާ ޑޮކްޓަރަށް ދައްކައި ހަގީގަތް އޮޅުން ފިލުވައިފަ އެވެ. އެގޮތުން އެ ކުއްޖާއަކީ ނަފުސާނީ މައްސަލަތަކެއްވެސް ހުންނަ ކުއްޖެއްކަން، ޑޮކްޓަރަށް ދެއްކުމުން ޔަގީން ވެފައިވާ ކަމަށެވެ.

މި މައްސަލައިގަ މިހާތަނަށް އަދި މީހަކު ހައްޔަރުނުކުރާއިރު، ފުލުހުން އަންނަނީ ބައްޕަގެ ފަރާތުން ކުއްޖާ އަށް ލިބުނު ޖިސްމާނީ އަނިޔާ އާއި އެހެން ބައެއް މީހުންގެ ފަރާތުން ލިބުނު ޖިންސީ ގޯނާގެ މައްސަލަ ވަކިވަކިން ބަލަމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Leave a comment

Your email address will not be published.