މުޙައްމަދު އީމާން
12 June 2019
މަޤްބޫލު ޙަބަރު

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޖަމިއްޔާގެ ނަމުގައި ޖަމިއްޔާއެއް އުފެއްދުމަށް ހުށަހަޅައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ، ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފެއްދުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އަދި އެ ޖަމިއްޔާ އުފެއްދުމަށްޓަކާ ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް މިދިޔަ މަހުގެ 26 ވަނަ ދުވަހު ޔޫތް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުނެއެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ، ފަނޑިޔާރުންގެ ޖަމިއްޔާ އުފައްދަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 10 ވަނަ މާއްދާއިން ފަނޑިޔާރުންނަށް ލިބިދީފައިވާ ޖަމިއްޔާ ހެދުމުގެ ހައްގުގެ ދަށުން ކަމަށެވެ.

އަދި އެ ޖަމިއްޔާގެ މަގްސަދަކީ ފަނޑިޔާރުންގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމާޢެކު ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި އެމީހުންގެ އިމްތިޔާޒުތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރުމަށް ވެސް ޑީޖޭއޭއިން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©