Sun, 19 January, 2020, 12:07 pm
ކޮމަންވެލްތުން އެދުނު ބައެއް ލިޔެކިޔުންތައް ހަވާލުކޮށްފި
މިނިސްޓަރ އަބްދުﷲ ޝާހިދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއި ބައްދަލުކުރައްވައި މުހިއްމު މަޝްވަރާތަކެއް ކުރައްވައިފި އެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި ވަނީ ދިވެހިރާއްޖެއިން އަލުން އަނބުރާ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައި އެވެ. އަދި ކޮމަންވެލްތަށް އަލުން އަނބުރާ ގުޅުމަށްޓަކައި ރާއްޖެއިން ހުށަހެޅުމަށް އެޖަމްއިއްޔާއިން އެދުނު ބައެއް ލިޔެކިޔުން މިނިސްޓަރ ޝާހިދު ވަނީ އެކަމަނާގެ އަތްޕުޅަށް އަރުވާފައެވެ.
އޭގެ އިތުރުން ޝާހިދު ވަނީ އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރާއި، ޚާރިޖީ އޮފީހުގެ އިސްބޭފުޅުންނާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރައްވައި ރާއްޖެއިން ކޮމަންވެލްތާއި ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނިގެން، ކެބިނެޓްގެ ނިންމުމާއި އެއްގޮތަށް ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އެޖަމްއިއްޔާއަށް މީގެ ކުރިން ހުށަހަޅުއްވާފައެވެ.

Leave a comment

Your email address will not be published.