Sun, 19 January, 2020, 12:46 pm
އެކްސިޑެންޓްވެ އެމްޑީޕީގެ މެންބަރު ހަސަންޓޭއަށް އަނިޔާވެއްޖެ

ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ)، ރޭ ސައިކަލު ކަހާލައިގެން ވެއްޓި ހިނގި އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބުނު ގޮތުގައި އެކްސިޑެންޓް ހިނގީ ހިނގާފައި ދިޔަ ބަޔަކު ކައިރިން ހަސަން ސައިކަލުން ނައްޓަން އުޅުމުގެ ތެރޭގައި ކަހާލައިގެން ކަމަށެވެ. އަދި ކަހާލައިގެން ވެއްޓުނީ ވާތު ފަރާތަށެވެ. އެގޮތުން އޭނާގެ ނިތް ފަޅައިގެން ގޮސްފައިވާއިރު ވައަތު ފަޔަށް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ.

ރޭ އޭޑީކޭ ހޮސްޕިޓާލުން ފަރުވާ ދިނުމަށްފަހު، މިހާރު ހަސަންޓޭ ވަނީ ގެއަށް ދޫކޮށްލައިފަ އެވެ.

ހަސަންޓޭޭއަށް އަނިޔާވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އޭނާއަށް ހެޔޮ ދުއާކުރަމުންނެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރަކީ އެމްޑީޕީ އުފެދުނީއްސުރެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ.

Leave a comment

Your email address will not be published.