Sun, 19 January, 2020, 1:07 pm
ކުޅޭ ކުޅޭ ބަޑިއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިނާ ފުށް ލައްވައިގެން ބޭނުންކުރާ ވައްތަރުގެ ކުޅޭ ކުޅޭ ބަޑިއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މިއަދު ބުނީ މިނާފުއް ލައްވާ ވައްތަރުގެ ބަޑި ފެނުނީ، ރޭ 1:30 ހާއިރު އިސްލާމިކް ޔުނިވާސިޓީގެ ފުރަގަހުގައި އޮންނަ ޕާކު ތެރޭގައި ތިބި ބައެއްގެ ކައިރީގައި ބާއްވާފައި އޮއްވާ ކަމަށެވެ.

އެގޮތުން މި މައްސަލަގައި، 22 އަހަރުގެ ފިރިހެނަކު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފައިވާ ކަމަށާއި މިހާރު އެނާއަށް ސުވާލުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ނަމަވެސް އެ ބަޑި އެ މީހުންނާއި ހަވާލު ނުކުރާ ކަމަށާއި ބަޑި އޮތީ ފުލުހުންގެ ބެލުމުމުގެ ދަށުގައި ކަމަށް ފުލުހުން ބުންޏެވެ.

މިނާ ފުށް ލައްވައިގެން ބޭނުން ކުރާ ބަޑި އަކީ ރާއްޖެ އެތެރެ ކުރުން މަނާ ކަމެއް ނޫނެވެ. ނަމަވެސް މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

Leave a comment

Your email address will not be published.