ނަސްވާ ހަސަން
13 June 2019
މަޤްބޫލު ޙަބަރު

މެދު ރާއްޖެތެރޭ ރަށަކަށް ނިސްބަތްވާ އަށް އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ޖޯނާ ކުރި މައްސަލައެއްގެ ރިޕޯޓް ލިބިފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ 10:00 ހާއިރު ކަމަށެވެ. އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 58 އަހަރުގެ ފިރިހެނެއް މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ކަމަކަށްވާތީ، އަނިޔާ ލިބޭ ކުދިންގެ މައުލޫމާތު ފުލުހުން އާންމެއް ނުކުރެއެވެ.

އެ މައްސަލަ ބަލަމުންދާކަން ފާހަގަކުރައްވާ ޖެންޑާ މިނިސްޓްރީން ވެސް ބުނީ ޖިންސީ ގޯނާ ލިބުނު ކުއްޖާ އަށް ޖެންޑާ އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

މިއަހަރުގެ މިހާތަނަށް އައިއިރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާކަމުގެ ގިނަ މައްސަލަތަކެއް ވަނީ ހުށަހަޅާފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©