Thu, 4 June, 2020, 12:44 am
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލް އަނެއްކާ ވެސް ހެޔޮކޮށްފި
11

ވިޔަފާރީ ކުންފުނި އެސްޓީއޯއިން ވިއްކާ ޕެޓްރޯލް އާއި ޑީސަލްގެ އަގު އަނެއްކާ ވެސް ހެޔޮކޮށްފި އެވެ.

މިއީ މި އަހަރު އެސްޓީއޯ އިން ތެލުގެ އަގުހެޔޮ ކުރި ތިން ވަނަ ފަހަރެވެ. އެގޮތުން އެސްޓީއޯ އިން ވަނީ މިދިޔަ މަހު ވެސް ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފަ އެވެ.

އެސްޓީއޯ އިން މިފަހަރު ވަނީ ޑީސަލް ލީޓަރަކުން 78 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 26 ލާރި ހެޔޮކޮށްފައެވެ.

އެހެން ކަމުން އެސްޓީއޯ އިން  މިހާރު ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 11.13 ރ. އަށް އަދި ޑީސަލް ލީޓަރެއް ލިބެން ހުންނާނީ 11.19 ރ. އަށެވެ.

އެސްޓީއޯއިން ބުނީ މި ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ކުޑަވުމާއި ގުޅިގެން ކަމަށެވެ.

Leave a comment

Your email address will not be published.