މުޙައްމަދު އަންވަރު
13 June 2019
މަޤްބޫލު ޙަބަރު

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަމަށް ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އިންތިހާބު ކޮށްފި އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރުނު އިއުލާނެއްގައި ބުނީ އެ ޖަމިއްޔާގެ ރައީސް ކަމަށް ފަނޑިޔާރު ޝުއައިބު އިންތިހާބުވެފައިވަނީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި އިތުރު ބޭފުޅަކު ކުރިމަތިލާފައިނުވާތީ ކަމަށެވެ.

އެ ޖަމިއްޔާގެ ނައިބު ރައީސް ކަމަށް އަދި ހިންގާ ކޮމެޓީގެ އިތުރު ހަ މަގާމަށް ވެސް އިތުރު ބޭފުޅުން ކުރިމަތިލާފައިނުވާތީ އެ މަގާމުތަކަށް ކުރިމަތިލި ބޭފުޅުން ވެސް ވަނީ އިންތިހާބަކާ ނުލާ ހޮވިވަޑައިގެންފަ އެވެ.

އެގޮތުން ނައިބު ރައީސް ކަމަށް ހޮވިވަޑައިގެންފައިވަނީ ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަރެވެ. އަދި ސެކްރެޓަރީ ޖެނެރަލް ކަމަށް ހޮވިވަޑައިގަތީ ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރެވެ.

އިންތިޒާމް ސެކްރެޓަރީ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިން ހޮވިވަޑައިގެންފައިވާއިރު ހަޒާންދާރު ކަމަށް ހޮވިވަޑައިގެންފައިވަނީ ސިވިލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދެވެ. ހަޒާންދާރުގެ އެހީތެރިޔާ ކަމަށް ކ. ދިއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އަހުމަދު ހޮވިވަޑައިގެންފައިވާއިރު ތަރުޖަމާނު ކަމަށް ހޮވިވަޑައިގެންފައިވަނީ ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު އެވެ.

ކޮމެޓީއަށް އައްޔަންކުރާ އިތުރު ހަތަރު މެންބަރުންގެ މަގާމަށް ހަތް ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، އެމަގާމުތަކަށް އިންތިހާބު ކުރުން އަންނަ އާދިއްތަ ދުވަހު އޮންނާނެކަމަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ބުނެއެވެ.

ދެހާސް އަށް ވަނަ އަހަރު އުފައްދާފައިވާ ފަނޑިޔާރުންގެ ޖަމިއްޔާގެ މަގާމުތަކަށް ބޭފުޅުން އައްޔަންކޮށްފައިވާއިރު، ޖުޑީޝަލް ކައުންސިލުން ވެސް ވަނީ ފަނޑިޔާރުން ޖަމިއްޔާއެއް އުފައްދަން ނިންމައި، އެކަމުގެ ލިޔުންތައް ޔޫތް މިނިސްޓްރީއަށް ހުށަހަޅައިފަ އެވެ.

ނަމަވެސް ކުރީގެ ޖަމިއްޔާ ދެމި އޮއްވައި އާ ޖަމިއްޔާއެއް ހަދަން ހުށަޅާފައިވާތީ އެކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ ޔޫތު މިނިސްޓްރީން ވަނީ ބަންޑާރަ ނައިބުގެ ލަފައަކަށް އެދިވަޑައިގަންނަވާނެ ކަމަށް ބުނެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©