Wed, 3 June, 2020, 11:56 pm
މާލޭ އިންޑަސްޓްރިއަލް ޒޯންގެ ބޮޑު ބަޔަކަށް އުދަ އަރައިފި
5

މާލެ އިންޑަސްޓްރިއަލް ޒޯންގެ ބޮޑު ބަޔަކަށް އުދަ އަރައިފި އެވެ.

ފުލުހުން ކޮށްފައިވާ ޓުވީޓެއްގައި ބުނީ، އިންޑަސްޓްރިއަލް ޒޯން ސަރަހައްދަށް އުދަ އަރަމުންދާތީ އެސަރަހައްދުގައި ހުރި ވެހިކަލްތައް ދުރައްޖައްސަވާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށެވެ.

މެޓް އޮފީހުން ބުނީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ބައެއް ރަށްރަށަށް އުދަ އަރާފާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ. ކުރިއަށް އޮތް ސައުވީސް ގަޑިއިރު ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރާނެ ކަމަށާއި އެހެން އަތޮޅުތަކަށް މޫސުން އާއްމުގޮތެއްގައި ރަގަޅު ވާނެ ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.

ދެކުނާއި ހުޅަނގުދެކުނުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 6 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ބައެއް އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.

Leave a comment

Your email address will not be published.