މުޙައްމަދު އަންވަރު
15 June 2019
މަޤްބޫލު ޙަބަރު

ފެނަކަ ކޯޕަރޭޝަންގެ ޓްވީޓް އެކައުންޓުން އަމިއްލަ ޓްވީޓެއް ކުރި މުވައްޒަފަށް ފިޔަވަޅު އަޅާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ފެނަކަ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ރަސްމީ ޓްވިޓާ ހޭންޑުލް އިން ކުންފުނީގެ މަސައްކަތުގެ ދާއިރާއާ ނުގުޅޭ އަދި އެއްވެސް ގޮތަކުން އެކަށީގެން ނުވާ ޓްވީޓެއް ކޮށްފައިވާ މައްސަލައިގަ އެކަން ހިނގާ ދިޔަ ގޮތް ބަލާފައިވާ ކަމަށެވެ.

އެގޮތުން އެކަމަކީ އެކުންފުނީގެ ޓްވިޓާ ހޭންޑްލް ހަވާލުކޮށްފައިވާ މުވައްޒަފު، އޭނާގެ އަމިއްލަ ޓްވިޓާ އެކައުންޓުން ޓްވީޓް ކުރަން އުޅުމުގެ ތެރޭގައި ދިމާވެފައިވާ ކަމެއް ކަމަށް ފެނަކައިގެ ބަޔާނުގައި ވަނީ ބުނެފަ އެވެ،

“ވުމާއި އެކު އެމުވައްޒަފާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގައި ދަންނަވަމެވެ،” ފެނަކައިގެ ބަޔާނުގައި ބުންޏެވެ.

އެކަހަލަ ކަންކަމަކީ ކުންފުނީގެ މެނޭޖްމަންޓުން އެއްވެސް ހާލަތެއްގައި ބަލައިގަންނަ އަދި ތަރުހީބްދޭ ކަމަކަށް ނުވާތީ ފެނަކައިން ވަނީ އެންމެހައި ރައްޔިތުންގެ ކިބައިން މައާފަށް އެދިފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރަކީ ޖޭއެސްސީގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއަޅާ އަމުރެއް ކަމަށް ނިންމައި، ޖޭއެސްސީގެ ނިންމުން ދެމި އޮންނާނެ ކަމަށް އެކޮމިޝަނުން ފާސްކުރުމުން، ރާއްޖެ އެމްވީ އިން ކޮށްފައިވާ ޓްވީޓަށް ރައްދު ދެއްވައި ފެނަކައިން މިރޭ ކުރި ޓްވީޓްގައި ވަނީ “ޖޭއެސްސީ އަކީ ކޯޓުތަކުގެ މައްސަލަ ބަލަން ޤާނޫނު އަސާސީ އިން ބަޔާން ކުރާ ކޮމިޝަންތޯ؟” އެހެން ބުނެފަ އެވެ.

ނަމަވެސް އެ ޓްވީޓް ފަހުން ވަނީ ޑިލީޓް ކޮށްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©