Sun, 29 March, 2020, 9:56 am
Photo: Sun
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖަކުން ގުޅާލަން 488 މިލިއަން ޑޮލަރުގެ މަޝްރޫއެއް

މާލެ – ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ގުޅާލާ ބްރިޖް އަޅަން، 488 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށަން ބޭނުންވާ ފައިސާ ހޯދަން ޕާޓްނާޝިޕް ފޯރަމަށް ހުށަހަޅަން ތައްޔާރު ވެއްޖެއެވެ.

ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެހީ ހޯދުމަށް ކުރުނބާ މޯލްޑިވްސްގައި މާދަމާ ފަށާ، މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް 2019ގެ ވެބްސައިޓުގައި ބުނާގޮތުން ނޫ އިގްތިސާދު ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ 488 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.5 ބިލިއަން ރުފިޔާ) ގެ އެ މަޝްރޫއުގައި ދަށުން މާލޭ ވިޔަފާރި ބަނދަރު، ގުޅީފަޅު އަދި ތިލަފުއްޓަށް ބަދަލު ކުރުން ވެސް ހިމެނެއެވެ.

ވެބްސައިޓުގައި ބުނެފައިވާ ގޮތުން، މި ޕްރޮޖެކްޓުގެ ސަބަބުން ގާއިމްވާ ދަތުރުފަތުރުގެ ނިޒާމާއެކު އިގްތިސާދަށް ވެސް ފައިދާ ކުރާނެއެވެ. އަދި ސަރުކާރުގެ އަމާޒަކީ މާލެ ސަރަހައްދު ގުޅުވާލުމާއެކު މާލޭ ސަރަހައްދާއި ރާއްޖޭގެ އެހެން ހިސާބުތަކަށް ބަލްކު ކާގޯ ގެންދިއުމަށް ރަނގަޅު އިންފުރާސްސްޓަކްޗާރ އެއް ގާއިމްކުރުން ކަމަށެވެ.

އޭގެ އިތުރުން މި ޕްރޮޖެކްޓުގެ ދަށުން މާލޭގައި ހުރި ގުދަންތައް، އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލު ކުރެވިގެންދާނެ ކަމަށް ބުނެފައިވެއެވެ.

މާލެ – ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ބްރިޖުން ގުޅާލުމާއި މާލެ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއެއް ފަށަން މި ސަރުކާރުން ތައްޔާރުވާއިރު ކުރީގެ ސަރުކާރުން ވަނީ ހުޅުލެ އާއި މާލެއާ ދެމެދު ބްރިޖެއް އަޅައިފައެވެ. ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އަގު 200 މިލިއަން ޑޮލަރަށް އަރަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ޕާޓްނާޝިޕް ފޯރަމްގައި 30 ގައުމުން 130 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެ އެވެ. މީގެ ތެރޭގައި ބޭރުގެ ބައެއް މާލީ އިދާރާތައް ވެސް ހިމެނެ އެވެ.

Leave a comment

Your email address will not be published.